ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހަރާމް ކަމެއް: ޝަހީމް

ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްވެގެންވާ ކަމެއްކަމަށާއި، މިއީ މާތްﷲ ލައުނަތް ލައްވާނެ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޑރ. މ...

16 Jul 2021 | 08:56

ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްވެގެންވާ ކަމެއްކަމަށާއި، މިއީ މާތްﷲ ލައުނަތް ލައްވާނެ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސު ބަދަލު ކުރުމަކީ މާތްﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ އަމަލެއްކަމާއި، އެންމެ ކުރީގެ ސަމާޢީ ޝަރީޢަތެއްވެސް މި އަމަލު ހުއްދަކޮށްފައި ނުވާ ކަމަށެވެ. އަދި މި އަމަލަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ވެގެންވާ ލަޢުނަތް ހުރި އަމަލެއް ކަމަށާއި މިފަދަ އަމަލުތަކާ ދުރުވާން ޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ދިވެހި އަންހެނެއް ކަމަށްވާ އައިމިނަތު އީނާސް އޭނާގެ ޖިންސީ ގުނަވަން ބަދަލުކޮށް "ފިރިހެނަކަށް" ވެފައިވާކަން މީސް މީޑިއާގައި އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އީނާސް މިހާރު ދިރިއުޅެނީ އޮސްޓްރޭލިއާގައެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް ފިރިހެނުން އަންހެން ހެދުން އެޅުން އަންނަނީ އިތުރު ވަމުންނެވެ. އަދި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ މީހުން ވެސް އަންނަނީ އިތުރު ވަމުންނެވެ.

ނަމަވެސް، މި ކަމުގައި އިދާރާތަކުން މާ ބޮޑު އަޅައިލުމެއް ނުބަހައްޓާ ކަމަށް ބުނެ އާންމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް