ޓިކްޓޮކް ތަރި މަރިޔަމް ނިއުޝާ ކައިވެނިކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިއުޝާ ކައިވެނިކޮށްފައިވަނީ ޓިކްޓޮކްގައި ނިއުޝާޔާއެކު ބައެއް ވީޑިއޯތަކުން ފެނިގެން ގޮސްފައިވާ އިބްރާހިމް މޫސާއާއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިއުޝާ އާއި އިއްބެގެ ކައިވެނި މާލޭގައި އިއްޔެގެ ވަގުތެއްގައި ކޮށްފައިވަނީ އޮންލައިންކޮށެވެ.
ނިއުޝާ އަކީ ޓިކްޓޮކްގައި ދިވެހިންގެ މެދުގައި މަގްބޫލު މޫނެކެވެ.ޓިކްޓޮކްގައި ނިއުޝާގެ ފޮލޯވާސްގެ އަދަދު އުޅެނީ 13 ހާހަށްވުރެ މަތީގައެވެ. ނިއުޝާގެ ވީޑިއޯތަކަށް 66 ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ.
https://www.tiktok.com/@mariyamniusha7/video/6982839358650879233?lang=en&is_copy_url=1&is_from_webapp=v1
ޓިކްޓޮކް ތަރި ނިއުޝާ ކައިވެނިކޮށްފައިވާއިރު ދުވަސް ޓީމްގެ ފަރާތުން އަދި ކިޔުންތެރިންގެ ފަރާތުން އަޅުގަނޑުމެން އެދެނީ ނިއުޝާ އަދި އިބްރާހިމް މޫސާއަށް އުފާވެރި ދުވަސްތަކަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް