ކުރީގެ އެކްޓްރެސް ސުރޭކާ ސިކްރީ މަރުވެއްޖެ

އިންޑިއާގައި ފިލްމާއި ޓީވީ ޑްރާމާ ސިލްސިލާތަކުން އާންމުންގެ މެދުގައި މަގުބޫލު މީހެއް ކަމަށްވާ ސުރޭކާ ސިކްރީ މަރުވެއްޖެ އެވެ. މަރުވި އިރު އޭނާގެ އުމުރަކީ75 އަހަރެވެ. ރިޕޯޓުތައް ބުނާގޮތުގައި ސުރޭކާ މަރު...

16 Jul 2021 | 05:24

އިންޑިއާގައި ފިލްމާއި ޓީވީ ޑްރާމާ ސިލްސިލާތަކުން އާންމުންގެ މެދުގައި މަގުބޫލު މީހެއް ކަމަށްވާ ސުރޭކާ ސިކްރީ މަރުވެއްޖެ އެވެ.

މަރުވި އިރު އޭނާގެ އުމުރަކީ75 އަހަރެވެ. ރިޕޯޓުތައް ބުނާގޮތުގައި ސުރޭކާ މަރުވީ ހިތް ހުއްޓިގެން މިއަދު ހެނދުނު އެވެ.

އޭނާ އަކީ ހިތުގެ ބައްޔަށް ފަރުވާ ކުރާތާ އެތައް އަހަރެއް ވެފައިވާ މީހެކެވެ.

މިދިޔަ އަހަރު އޭނާ ވަނީ ސިކުނޑި ހުއްޓިގެން އެތައް ދުވަހަކު ފަރުވާ ހޯދާފައި އެވެ. އޭގެ ކުރިން އެއްފަރާތް ވާގިނެތިގެން 2018 ވަނަ އަހަރު ފަރުވާ ހޯދާފައިވެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރުވީ ދެވަނަ ފަަހަރަށް ސިކުނޑި ހުއްޓިގެންނެވެ. އެކަމަކު އާއިލާއިން ވަނީ ސީދާ މަރުވި ސަބަބު އަދި ހާމަ ކުރަން ވަގުތު ނެތް ކަމަށް ބުނެފަ އެވެ.

ސުރެކާ ބޮލީވުޑަށް ތައާރަފުވީ 1978 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ކިއްސާ ކުރްސީ ކާ" އިންނެވެ. 2000 ގެ އަހަރުތަކުގައި އޭނާ ކުޅެފައިވާ މަޝްހޫރު ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި "ބަލިކާ ވަދޫ" އަދި "ޕަރްދޭސް މޭހޭ މޭރާދިލް" ހިމެނެ އެވެ.

ސުރޭކާއަށް ވަނީ ތިން ފަހަރު އިންޑިއާ ސަރުކާރުން ފިލްމުތަކަށް ދޭ ނެޝަނަލް އެވޯޑު ހާސިލް ކޮށްފައި އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ނެޝަނަލް އެވޯޑު ލިބުނީ 2018 ވަނަ އަހަރު ރިލީޒް ކުރި "ބަދާއީ ހޯ"ގައި އޭނާ ކުޅުނު މާމައެއްގެ ރޯލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް