ސަލަފުން 'ދަކޯލް' މިއަހަރު ބާއްވަނީ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ 'ދަކޯލް' މިއަހަރު ބާއްވާގޮތަށް ނިންމައިފިއެވެ. މިއަހަރު ބާއްވާ 'ދަކޯލް 4' ގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ހިންގާ ކޮމެޓީ މެމްބަރު މުޙައްމަދު ސު...

16 Jul 2017 | 13:54

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ 'ދަކޯލް' މިއަހަރު ބާއްވާގޮތަށް ނިންމައިފިއެވެ.

މިއަހަރު ބާއްވާ 'ދަކޯލް 4' ގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ހިންގާ ކޮމެޓީ މެމްބަރު މުޙައްމަދު ސުޖާޢު ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ 'ދަކޯލް' އިވެންޓަކީ ކުރިން މި ޖަމްޢިއްޔާއިން ބާއްވާފައިވާ ދަކޯލް ގެ ހުރިހާ އިވެންޓަކަށްވުރެ ހުރިހާ ގޮތަކުންވެސް ފެންވަރު ރަނގަޅު އިވެންޓަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 'ދަކޯލް 4' ގައި ތަޤުރީރު ކުރެއްވުމަށް ގެންނަވާނީ ޢިލްމީ ބޭފުޅެއްކަމަށާއި ލެކްޗަރ ގެ އިތުރުން އެބޭފުޅާގެ އެހެނިހެން ބައެއް ޙަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"ޖަމްޢިއްޔަތުއްސަލަފުން ދަކޯލް ނުބާއްވާތާ ގިނަ އަހަރުތަކެއް މިހާރު މިވަނީ ވެފަ. އެހެންވީމައާއެކު  އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ މީގެ ކުރިން ސަލަފުން ބޭއްވި ދަކޯލް ގެ ހުރިހާ އިވެންޓުތަކަށްވުރެ ހުރިހާ ގޮތަކުންވެސް މިފަހަރުގެ 'ދަކޯލް' ފެންވަރު ރަނގަޅުކުރަން. މިއަހަރު އަޅުގަނޑުމެން ގެންނަ ބޭފުޅާއާއި  މިހާރު މިދަނީ މަޝްވަރާ ކުރަމުން. އަދި އެބޭފުޅާ ރާއްޖެ އައުމަށް މިހާރުވަނީ ހަމަޖެހިފަ. މިހާރު މަޝްވަރާ ކުރަމުން މިދަނީ އެބޭފުޅާއަށް އާދެވޭނެ ތާރީޚާ ބެހޭގޮތުން." ދަކޯލް ގެ ކޯޑިނޭޓަރު ސުޖާޢު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން އެކިއެކި ޢިލްމުވެރިންނާއި ދާޢީން ގެނެސްގެން ކުރިއަށްގެންދާ މި އިވެންޓު، ޖަމްޢިއްޔަތުއްސަލަފުންވަނީ މީގެ ކުރިން 3 އަހަރު ބާއްވާފައެވެ. އެގޮތުން ޑރ.ބިލާލް ފިލިޕްސް އާއި ޢަބްދުއްރަޙީމް ގްރީންފަދަ ބޭފުޅުން ރާއްޖެގެނެސް މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެބޭފުޅުންގެ ތަޤުރީރުތައް ބާއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް