ޕްރިޔަންކާ އުފަން ދުވަސް ފާހަގަ ކުރަން ރާއްޖޭގައި، ސުނީ ކޭކު އަޅައިދޭނެ މީހަކު ހޯދަނީ!

ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އުފަންދުވަސް ފަހަގަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ. ޕްރިޔަންކާގެ އުފަންދުވަހަކީ މާދަމާ އެވެ. މިދަތުރުގައި އޭނާ އާއި އެކު މަންމަ މަދޫ ޗޯޕްރާ އާއި ކޮއްކޮ ސިދާތް...

16 Jul 2017 | 10:22

ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އުފަންދުވަސް ފަހަގަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

ޕްރިޔަންކާގެ އުފަންދުވަހަކީ މާދަމާ އެވެ. މިދަތުރުގައި އޭނާ އާއި އެކު މަންމަ މަދޫ ޗޯޕްރާ އާއި ކޮއްކޮ ސިދާތް ޗޯޕްރާ ބައިވެރިވެ އެވެ. ޕްރިޔަންކާ އާއިލާ ޗުއްޓީ ހޭދަ ކުރަނީ ކޮން ރިސޯޓެއްގައި ކަން އަދި އޭނާ ޗުއްޓީ އަށް ދިޔައީ ކޮން ގައުމަކަށްކަން ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު ޕްރިޔަންކާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ރޫމްގައި ނަގާފައިވާ އެ ތިން މީހުންގެ ޕާސްޕޯޓުތައް ފެންނަ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައި އެވެ. އޭގެ ފަހުން އެއާޓެކްސީގައި ރިސޯޓަށް ފުރުމުގެ ކުރިން ބޯޓުގެ ބުރަފަތި ފެންނަ ފޮޓޯއެއް އިންސްޓަގްރާމް ކުރުމަށް ފަހު ފަހުން ވަނީ ޑިލީޓް ކޮށްލާފައި އެވެ.

https://www.instagram.com/p/BWl8C4jg7R6/

އިންޑިއާ މީޑިއާއިން އުޅެނީ ރޭ އެމެރިކާގެ ނިއުޔޯކްގައި ބޭއްވި އައިފާ އެވޯޑުގައ ބައިވެރިނުވެ އުފަންދުވަސް ފާހަގަ ކުރަން ޕްރިޔަންކާ ދިޔަ ގައުމެއް ނޭނގިގެންނެވެ. ޕްރިޔަންކާ ރާއްޖެ އައިކަން އޭނާގެ އެންމެ ބޮޑު ސަޕޯޓަރު ސުނީތާ އަލީގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓުތަކުންވެސް ދަނީ ފާހަގަ ވަމުންނެވެ.

އެގޮތުން ޕްރިޔަންކާގެ އުފަން ދުވަހަށް ވަރަށް އަވަހަށް ކޭކެއް އަޅައިދޭނެ މީހަކު ސުނީ ދަނީ ހޯދަމުންނެވެ. އެކަމަކު އެ ކޭކުގައި ހުންނަންވީ ކޮންކަހަލަ ޝަރުތުތަކެއްތޯ ސުވާލު ކުރުމުން ސުނީ ޖަވާބެއް ނުދިނެވެ. މިއަދު ސުނީ ކޮންމެސް މީހަކަށް ރާއްޖެއަށް މަރުހަބާވެސް ކިޔާފައި އެވެ. ބެލެވޭ ގޮތުގައި އެއީ ޕްރިޔަންކާ އެވެ.

ފަހަރުގައި ޕްރިޔަންކާގެ މި ދަތުރުގައި ސުނީއާއި ބައްދަލު ކުރުމަކީ ކޮށްފާނެ ކަމެކެވެ. އެއީ ޕްރިޔަންކާ އާ އަހަރު ފާހަގަ ކުރަން ރާއްޖެ އައި ދަތުރުގައި ސުނީތާ އާއި ބައްދަލުވުމުން ސުނީ އަކީ ރާއްޖޭގައި ހުރި އޭނާގެ އެންމެ ބޮޑު ސަޕޯޓަރު ކަމަށް ބުނެފައިވާތީ ބައްދަލު ކުރުމުގެ ފުރުސަތު ސުނީއަށް ދީފާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް