މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން މިމަހުގެ 27 ގައި

މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި މަހުގެ 27 ވަނަ ދުވަހުގެ ރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. މިއަހަރު މ...

16 Jul 2017 | 08:53

މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި މަހުގެ 27 ވަނަ ދުވަހުގެ ރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިއަހަރު މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި އެވެ. މިދިޔަ އަހަރު ބޭއްވީ އިސްލާމީ މަރުކަޒު މައިދާނުގައި އެވެ.

ރައީސް އޮފީހުން ބުނީ މިއަހަރުގެ ބައްދަލުވުމަށް ގިނަ ބަޔަކަށް ދައުވަތު އަރުވާނެ ކަމަށެވެ. އަދި މިހާރު ދައުވަތު ފޮނުވަމުންދާ ކަމަށެވެ. މިފަަހަރުގެ ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ ރައީސަކު ނުވަތަ ބޮޑުވަޒީރަކު ބައިވެރިވެ ވަޑައިގެންނަވާ ކަމެއް ހާމައެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ބައްދަލުކުރެއްވުމުގައި އޮންނަނީ، އެބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަސްމީ ޖާފަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް