ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ގާސިމް އެޑްމިޓް ކޮށްފައިވަނީ މެޑިކާގަ އެވެ. އެޑްމިޓް ކުރީ މެއަށް އުނދަގޫވާތީ ޑޮކްޓަރަ...

16 Jul 2017 | 08:45

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގާސިމް އެޑްމިޓް ކޮށްފައިވަނީ މެޑިކާގަ އެވެ. އެޑްމިޓް ކުރީ މެއަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކުމުންނެވެ. ހޮސްޕިޓަލަށް ވަޑައިގެންނެވި އިރުވެސް ގާސިމްގެ ޕްރެޝަރު ހުރީ ވަރަށް މަތީގައިކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ގާސިމް އިބްރާހިމް މެޑިކާގައި އެޑްމިޓް ކޮށްފައިވާއިރު ގާސިމްގެ ހިތުގެ މައްސަލައެއް އުޅޭތޯ ބެލުމަށްޓަކައި އީސީޖީ ނެގުމަށް ފަހު، މިހާރު އަންނަނީ އިތުރު ޓެސްޓްތަކެއް ހަދަމުންނެވެ.

މިކަމާއި ބެހޭގޮތުންް ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް ހޮސްޕިޓަލަށް ގެންދެވެނީ ކޯޓަށް ހާޒިރުވުމަށް ތައްޔާރުވެވަޑައިގެެން އޮފީހަށް ވަދެލެއްވުމަށްފަހު ކޯޓަށް ދިއުމަށްޓަކައި ކާރުގައި ދަތުރުކުރަމުންދަނިކޮށް ބަންޑާރަ މިސްކިތް ކައިރިން ގާސިމް އިބްރާހިމްގެ ބޯ އަނބުރައިގަނެ ދާހިއްލާގޮތް މެދުވެރިވުމުން ކަމަށެެވެ. އަދި މި ވަގުތު ގާސިމް އޮތީ މެޑިކާ ހޮސްޕިޓަލުގައި ކަމަށެވެ.

ތަފްސީލް އަންނަނީ ... .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް