ބަންގްލްދޭޝް މީހަކު ވަގަށް 90،000 ޑޮލަރު ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އެމީހާ ހައްޔަރު ކޮށްފައިވަނީ ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހުކުރު ދުވަހު އެވެ. ފުލުހުން ބުނީ ގަވައިދާ ހިލާފަށް ރާއްޖެއިން ޑޮލަރުތަކެއް ބޭރު ކުރަން އުޅުނު މައްސަލައެއްގައި ބިދޭސީ އަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހާ އަކީ 37 އަހަރުގެ ފިރިހެނެކެވެ. އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައި އެވެ.
މީގެ ކުރިންވެސް ގަވައިދާ ހިލާފަށް ރާއްޖެއިން ޑޮލަރު ބޭރު ކުރަން އުޅުނު މައްސަލަތަކެއްގައި ބިދޭސީންތަކެއް ހިފަހައްޓާފައިވެ އެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މިހާރު ނަގަމުންދާ ރެމިޓެންސް ޓެކްސް ނަގަން ފެށިގެން ފަހުން މިފަދަ މައްސަލަތައް ފާހަގަވާލެއް ވަނީ އިތުރުވެފައި އެވެ.،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް