މާލޭގައި ޕިއްޒާ ވިއްކާ މަޝްހޫރު ޕިއްޒާ ބޯނާގެ ޑެލިވަރީ ބޯއީއަށް ހަމަލާދިނުމަށް ފަހު އޭނާ ޑެލިވަރީ ކުރަން ގެންދިޔަ ޕިއްޒާތައް ފޭރިގަނެފި އެވެ.
ރޭ ހިނގި މިހާދިސާގައި އެމީހާ އަތުން ތިން ޕިއްޒާ ފޭރިގަނެފައި ވެއެވެ. ޕިއްޒާ ބޯނާގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ ޕިއްޒާތައް ފޭރިގަތީ ގަލޮޅު ގެއަކަށް ޕިއްޒާ ހިފައިގެން ދިޔަ މީހާގެ މޫނުމަތީގައި ޖެހުމަށް ފަހު އެވެ.
އޭނާ ވިދާޅުވީ ޕިއްޒާތައް ފޭރިގަތް ނަމަވެސް ޑެލިވަރީ ބޯއީއަށް މާބޮޑު ގެއްލުމެއް ނުވާކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމެއް ނޭނގެ އެވެ.
މިއީ ބޮއްޒާ ބޯނާގެ ޑެލިވަރީ ބޯއީންނަށް ހަމަލާ ދިނުމަށް ފަހު ޕިއްޒާ ފޭރިގަތް ފުރަތަމަ ފަހަރެއް ނޫނެވެ މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވާ ކަމަށް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް