ކޮންމެ ދުވަހަކު 300 އަށްވުރެ ގިނަ ޕާރުސަލް ރާއްޖެއިން ބޭރުން ޕޯސްޓް މެދުވެރިކޮށް އާދެ އެވެ. އެހެންވީމަ އޭގެ ހައްގުވެރިންނަށް އެ ބެހުމުގައި ޕޯސްޓް އޮފީހުގެ މުވައްޒިފުން އުފުލާނެ ބުރަ އާއި މެދު ވިސްނާލާށެވެ.
އެކަމަކު ޕޯސްޓުން އަންނަ ޕާރުސަލް ބަލާ ޕޯސްޓް އޮފީހަށް ގޮސް ކިޔުގައި އިންނަން ޖެހުމަކީ ބައެއް މީހުން ވަރަށް ރުޅިގަދަވާ ކަމެކެވެ. ގިނަ ފަހަރު ހިދުމަތް ލަސްވެގެންނެތް ނޫނެވެ. އެ ދުވަހަކު ކުރަން ހުންނަ ކަންތައް ގިނަ ކަމުންނެވެ. މިއޮތީ އެކަމަށް އޮތް ރަނގަޅު ހައްލެކެވެ.
"ހުރިހާ" ކުންފުނީގެ ދަށުން ހިންގާ "ހުރިހާ ޑެލިވަރީ" އަކީ ޕޯސްޓުން އަންނަ ޕާރުސަލްތައް ނަގުމާއި ގެއަށް ގެންގޮސްދިނުމުގެ ހިދުމަތްދޭ ބައެކެވެ. މިކަމަށް ހާއްސަ އެންޑްރޮއިޑް އެޕެއް "ހުރިހާ ޑެލިވަރީ" ގެ ނަމުގައި ވަނީ ތައާރަފުކޮށްފައި އެވެ. މި އެޕް މެދުވެރިކޮށް އަމިއްލަ އެކައުންޓެއް ހުޅުވާލެވެ އެވެ. އެޕް މެދުވެރިކޮށް ބީއެމްއެލް ކަސްޓަމަރުންނަށް ހިދުމަތަށް ދައްކަން ޖެހޭ ފީ ދައްކާލެވެ އެވެ.
ހުރިހާ ޑެލިވަރީގެ ފަރާތުން އަލީ ޒިހުނީ ބުނީ ޕާރުސަލް ނަގަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ހަތަރު ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެޕެކޭޖުތަކުގެ ދަށުން ހިދުމަތްދޭނީ އެކި ފެންވަރުގައި ކަމަށެވެ. އެގޮތުން ނަގާ ޕެކޭޖަކަށް ހިދުމަތް ދިނުމުގެ ކުރިން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން އެޕްގައި ހުޅުވާ އެކައުންޓަށް އެޑްވާންސްކޮށް ފައިސާ ދައްކާފައި ބެހެއްޓިދާނެ ކަމަށެވެ. އަދި ހިދުމަތަށް އެޕް މެދުވެރިކޮށް އެދޭ ވަގުތު ވަކިންވެސް ދައްކާލެވިދާނެ ކަމަށެވެ. ނުވަތަ ޕާރުސަލް ގެއަށް ގެންދިއުމުންވެސް ފައިސާ ދެއްކި ދާނެ އެވެ.
"ކޮންމެ ބޭފުޅަކަށްވެސް އެޕްގައި އެކައުންޓެއް ހުޅުވޭނެ. އެކައުންޓު މެދުވެރިކޮށް ކުރީބައި މިސާލަ 500 ރުފިޔާ އެޑްވާންސްކޮށް ދައްކާފައި ބޭންދިދާނެ. އޭރުން ހިދުމަތަށް އެދުނީމަ އެފަހަރަކު ނަގާ ޕެކޭޖަކަށް ނަގާ ވަރު އެ 500 ރުފިޔާއިން ކެނޑޭގޮތަށް އިންނާނެ، އެހެންނޫނީ ވަކިން ހިދުމަތަށް އެދޭ ކޮންމެ ފަހަރަކު ޕެކޭޖަކަށް ދައްކަން ޖެހޭ އަގު ވަކިންވެސް ދެއްކޭނެ ،" ޒިހުނީ ބުންޏެވެ.
ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ
ހަމައެކަނި ޕާރުސަލް ނަގައި ދިނުމުގެ ހިދުމަތް (ނޯމަލް) - 15 ރުފިޔާ
ޕަރުސަލް ނަގައި ދިނުމާއި ގެއަށް ގެންގޮސްދިނުން (ނޯމަލް) - 20 ރުފިޔާ
ހަމައެކަނި ޕާރުސަލް ނަގައި ދިނުމުގެ ހިދުމަތް (ޕްރިމިއަމް) - 25 ރުފިޔާ
ޕަރުސަލް ނަގައި ދިނުމާއި ގެއަށް ގެންގޮސްދިނުން (ޕްރިމިއަމް) - 30 ރުފިޔާ
ޒިހުނީ ބުނީ ނޯމަލް ހިދުމަތް ނަގާ ފަރާތްތަކަށް ޕާރުސަލް ނައިދޭނީ އޯޑަރު އަންނަ ތަރުތީބުން ކަމަށާއި ގެއަށް ގެންގޮސްދޭނީވެސް އެދުވަހަކު އޯޑަރު ލިބިފައި އިންނަ ތަރުތީބުން ކަމަށެވެ. އެކަމަކު ޕްރިމިއަމް ނަގާ ފަރާތްތަކުގެ ޕާރުސަލް އެ ދުވަހަކު އެންމެ ފުރަތަމަ ޕޯސްޓު އޮފީހުން ނަގާ ގޮތަށް ގެންގޮސްދޭނެ ކަމަށެވެ. ހިދުމަތް ހޯދާ ފަރާތްތަކުން އެޕްމެދުވެރިކޮށް ހިދުމަތަށް އެދުނު ކަމުގައި ވިޔަސް ވައިބާ މެދުވެރިކޮށް އައިޑިކާޑުގެ ކޮޕީއެއް ފޮނުވަންޖެހެ އެވެ.
އައީޑިކާޑުގެ ފޮޓޯ ފޮނުވަންޖެހެނީ 9533323 ނުވަތަ 9530053 އަށެވެ. ޒިހުނީ ބުނީ މި ނަމްބަރަށް ގުޅައިގެންވެސް ހިދުމަތަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު ޕޯސްޓު މެދުވެރިކޮށް އަންނަ ޕާރުސަލަށް އިތުރު ފައިސާއެއް ދައްކަން ޖެހިއްޖެ ނަމަ އެ ފައިސާއެއް ކަސްޓަމަރުން ދައްކަން ޖެހޭނެ ކަމަށާއި އެކަން އެކުންފުނިން ވަގުތުން ގުޅައި އަންގާނެ ކަމަށް އޭނާ ބުންޏެވެ.
"ހުރިހާ ޑެލިވަރީ" މެދުވެރިކޮށް މާލެ، ހުޅުމާލެ ޕޯސްޓު އޮފީސްތަކަށް އަންނަ ޕާރުސަލްތައް ނަގައި ދިނުމުގެ ހިދުމަތް ދެއެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭ ކޮންމެ ގެއަކަށް ގެންގޮސްދިނުމުގެ ހިދުމަތް ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް