ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މުވައްޒަފުންނަށް އެމްއެންޑީއެފް މާލޭ އޭރިއާއިން ހޭލުންތެރިވުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެޗްއާރުސީއެމްގެ އެދިލެއްވުމުގެ މަތިން އެމްއެންޑީއެފް މާލޭ އޭރިއާ އިން، ކުރީގެ ޖަމާލުއްދީން ސްކޫލު ހިންގި އިމާރާތުގައި އިއްޔެ ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ރޯވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތްތަކާއި، އަލިފާން ނިވިއާއި ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، ރޯވެފައިވާ އަލިފާން ނިއްވާލާނެ ގޮތުގެ ޢަމަލީ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މީގެއިތުރުން ހުނަރުވެރިކަން އިތުރުކުރުމަށް ކްލާސްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ އެޗްއާރުސީއެމްގެ 20 މުވައްޒަފަކު ބައިވެރިވި މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިންނާއި އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް