ހުޅުމާލޭގައި އަނެއްކާވެސް މަދީރީގެ އުނދަގޫ ބޮޑުވެފައިފި!

ހުޅުމާލޭގައި އަނެއްކާވެސް މަދިރީގެ އުނދަގޫ ބޮޑުވެގެން އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ. މިޝަކުވާ މިދިޔަ އަހަރުން ފެށިގެން އާންމުން ކުރަމުން ދެ އެވެ. ދުވަހަށް މައުލޫމާތުދިން މީހަކު ބުނީ ހުޅުމާލޭގައ...

16 Jul 2017 | 03:15

ހުޅުމާލޭގައި އަނެއްކާވެސް މަދިރީގެ އުނދަގޫ ބޮޑުވެގެން އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ.

މިޝަކުވާ މިދިޔަ އަހަރުން ފެށިގެން އާންމުން ކުރަމުން ދެ އެވެ. ދުވަހަށް މައުލޫމާތުދިން މީހަކު ބުނީ ހުޅުމާލޭގައި މަދިރި އުފެދެނީ ފްލެޓުތައް ހަދަމުންދާ ސަރަހައްދުތަކުގައި ކަމަށެވެ

އެ ސަރަހައްދުތަކުގައި އެއްވެސް ވަރަކަށް ފެން ނުހިނދޭތާ އަހަރެއްހާ ދުވަސް ވާއިރު ހެދިފައި ހުންނަ ފެންގަނޑުތަކުގައި އޮތީ ހުސް މަދިރިފަނި ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ސަބަބުން މުޅި ރަށުތެރެއަށް މަދިރީގެ އުނދަގުލާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް މިއަހަރުގެ މިހާތަނަށް ތިން ޕްރޮގްރާމެއް ހުޅުމާލޭގައި ހިންގާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންތް ކޯޕަރޭޝަން (އެޗްޑީސީން) ބުނެ އެވެ. އެގޮތުން އިއްޔެވެސް މަދިރި ކޮންޓްރޯލް ކުރުމަށް އެ ކޯޕަޜޭޝަނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.

މި ޕްރޮގްރާމްގައި ހުޅުމާލޭގައި މަދިރި އާލަވާ ކަމަށް ފާހަގަ ކުރެވޭ 41 ތަނަކަށް ބޭސް ޖަހާފައިވާ ކަމަށް އެޗްޑީސީން މައުލޫމާތު ދެ އެވެ. ބޭސް ޖެހި ތަންތަނުގެ ތެރޭގައި ބޮޑެތި ވަޅުގަނޑުތަކާއި ފްލެޓްތައް އަޅަމުންދާ ސަރަހައްދުތައް ހިމެނެ އެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން ޖުލައި އަކީ މަދިރިން ޖެހޭ ބައްޔެއް ކަމަށްވާ ޑެންގީ ފެތުރުން އިތުރު ވާ ދުވަސް ވަރަކަށް ވާތީ މިދިޔަ މަހު އެޗްޕީއޭއިން ވަނީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް