މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ގިނަ ޢަދަދެއްގެ ސެލޯފިންކޮޅުތަކަކާއި ޕެެކެޓް ތަކަކާއެކު ކުޑަކުއްޖަކާއި މީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ހާމަ ކުރައްވާ ގޮތުގައި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލޭގެ ފްލެޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް މިއަދު މެންދުރު ފަހު 14:15 ހާއިރު ކަމަށެވެ.
އިތުރަށް ފުލުހުން ހާމަ ކުރެއްވި ގޮތުގައި، މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ފްލެޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 77 ސެލޯފިން ކޮޅާއި ރަބަރު 5 ޕެކެޓްގެ އިތުރުން މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހޭކިފައިހުރި ޕެކެޓް ތަކަކާއި ހުސް ޕެކެޓް ތަކެއް ފެނިފައިވާކަމަށެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް