މާދަމާއަކީ ޝައްވާލް މަހު އެކެއްކަމަށް މިނިސްޓްރީން ކަނޑއަޅައިފި

މާދަމާއަކީ ރާއްޖެއަށް ޝައްވާލް މަސް ފެށޭ ދުވަސްކަމާއި، 1436 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. މިގޮތަށް ނިންމީ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއިމެދު ގ...

16 Jul 2015 | 17:07

މާދަމާއަކީ ރާއްޖެއަށް ޝައްވާލް މަސް ފެށޭ ދުވަސްކަމާއި، 1436 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މިގޮތަށް ނިންމީ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއިމެދު ގޮތެއް ނިންނުމަށް ބޭއްވި ބައްދަލުވުމަށްފަހު އިސްލާމިކް މިނިސްޓަރު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގަ އެވެ.

އެ ބަޔާޏުގައި ވިދާޅުވެފައިވަނީ މިރޭ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައިވާކަމުގެ ހަބަރު ލިބިފައި ވާކަމަށެވެ. އަދި އިސްލާމީ ބައެއް ޤައުމުތަކަށްވެސް ޝައްވާލް މަހުގެ ހަނދު ފެނިފައިވާ ކަމުގެ ޚަބަރު ލިބިފައިވާތީ، މާދަމާއަކީ ޝައްވާލް މަހުގެ އެއްވަނަ ދުވަހާއި، 1436 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅާކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް