ޓްރެކް ސަރަހައްދުގެ ޓްރެކާވީ ފަޅީގައި ޕާކް ނުކުރެވޭގޮތަށް ހަމަޖައްސައިފި

މާލޭގެ ޓްރެކް ސަރަޙަދަށް މޫދަށް އެރޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ޓްރެކާވީ ފަޅީގައި ޕާރކްނުކުރެވޭ ގޮތަށް ހައުސިންގ މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. ޕަބްލިކް ސަރވިސް މީ...

16 Jul 2015 | 15:17

މާލޭގެ ޓްރެކް ސަރަޙަދަށް މޫދަށް އެރޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ޓްރެކާވީ ފަޅީގައި ޕާރކްނުކުރެވޭ ގޮތަށް ހައުސިންގ މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ޓްރެކް ސަރަޙައްދަށް މޫދަށް އެރޭ މީހުންނަށް، ޚާއްސަކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ޓްރެކާވީ ފަޅީގައި ޕާރކްނުކުރެވޭ ގޮތަށް ހަދައި، އެސަރަޙައްދުގައި މާރކިންތައް މިހާރު ކުރަހާފައިވާ ކަމަށެވެ.

އަދި ޓްރެކް ސަރަޙައްދު ބޭނުންކުރާ ފަރާތްތައް ރައްކާތެރިކަމާއެކު މަގުހުރަސް ކުރެވޭނެ ގޮތް ހެދުމުގެ ގޮތުން، މާލޭގައި ކުރެހުނު އެންމެ ދިގު އަދި ބޮޑު ކަފިހިހުރަސް އެ ސަރަޙައްދުގައި ކުރަހާފައިވާ ކަމަށްވެސް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރ ވިދާޅުވިއެވެ

އެ ފަޅީގައި ޕާކް ނުކުރެވޭގޮތަށް ހަމަޖައްސާފައިވާއިރު ޓްރެކް ސަރަޙައްދަށް މޫދަށް އެރޭ މީހުންނަށް ރީތި ފެނުން ފެންވެރޭނެ އިންތިޒާމުވެސް ސްޓެލްކޯއިން މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް