ގަދަ ވަޔާއި ވިއްސާރައިގާ ނައިފަރު ސްކޫލްގެ ޓިނުތައް އުކާލައިފި

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގާ މިއަދު ޅ.ނައިފަރު ސްކޫލު (މަދްރަސަތުލް އިފްތިތާހް)ގެ ދެ އިމާރާތެއްގެ ޓިނުތައް ވަޔާ އުކާލައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަ...

16 Jul 2015 | 14:57

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގާ މިއަދު ޅ.ނައިފަރު ސްކޫލު (މަދްރަސަތުލް އިފްތިތާހް)ގެ ދެ އިމާރާތެއްގެ ޓިނުތައް ވަޔާ އުކާލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށާއި ފުރާޅު އުކާލި އިމާރާތްތަކުގައި ހުރި ތަކެތި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" ދެބުރީގެ ދެ އިމާރާތެއްގެ ދެކޮޅުން ޓިނުތައް އުކާލާފައިވަނީ، އެއްވެސް މީހަކަށް އަދި ސްކޫލުގެ މުދަލަކަށްވެސް ގެއްލުމެއް ނުލިބޭ، ތަކެތި ސަލާމަތް ކުރުމުގައި ފުލުހުންނާއި ސިފައިން އަދި ރެޑް ކްރެސެންޓް ހަރަކާތްތެރިވޭ" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ބުނެފައިވަނީ އުތުރާއި މެދުތެރެ އަދި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމުގައި ލަފާ ކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް