ކޮމަންވެލްތު ގައުމެއްގެގޮތުގައި ރާއްޖެ ހަރަކާތްތެރިވާ ގޮތާއި ބެހޭގޮތުން ވަޒީރުން މަޝްވަރާކޮށްފި

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ޙަރަކާތްތެރިވަމުންދާ ގޮތާ ބެހޭގޮތުން ވަޒީރުންގެ މަޖުލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މިގޮތު...

16 Jul 2015 | 14:26

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ޙަރަކާތްތެރިވަމުންދާ ގޮތާ ބެހޭގޮތުން ވަޒީރުންގެ މަޖުލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިގޮތުން ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ފާއިތުވެގެން މިދާ މުއްދަތުގެ ތެރޭގައި، ޙަރަކާތްތެރިވަމުންދާ ގޮތާއި، މިންވަރު ދެނެގަތުމުގެ ގޮތުން އަލުން މުޠާލިޢާ ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފާފުޅާ ގުޅިގެން، ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޙަރަކާތްތެރިވަމުންދާ ގޮތާއި މިންވަރު ދެނެގަނެ އަލުން މުޠާލިޢާ ކުރުމުގެ މުހިއްމުކަން މެންބަރުން ފާހަގަކުރެއްވި ކަމަށެވެ.

މީގެއިތުރުން، މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލުތަކަށްޓަކައި ސަރުކާރުގެ އެކި ދާއިރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވި ކަމަށާއި އެގޮތުން، މިމަސައްކަތްތަކުގައި އެއްވެސް ދަތިތަކެއް ހުރިނަމަ، އެކަންކަމުގައި ޢަމަލުކުރައްވާނެ ގޮތްތަކާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް