ޝިއާރުގެ މަރުގެ މައްސަލއިގާ ހަތަރު މީހަކު ހައްޔަރުކޮށްފި

ޖޫން 15 ވަނަ ދުވަހުގެ ވަގުތެއްގައި ސ. ހިތަދޫ، އަޠީނާ ގޭގެ ކުރިމަތީގައި ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކަށް ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވި، ސ. ހިތަދޫ، ...

16 Jul 2015 | 07:54

ޖޫން 15 ވަނަ ދުވަހުގެ ވަގުތެއްގައި ސ. ހިތަދޫ، އަޠީނާ ގޭގެ ކުރިމަތީގައި ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކަށް ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވި، ސ. ހިތަދޫ، އަޠީނާ، ޙުސައިން ޝިޢާރުގެ މަރުގެ މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެެއްގެ އިތުރުން 20 އަހަރުގެ 2 ފިރިހެނުން ކަމަށެވެ. މި އެންމެންނަކީވެސް ދިވެހިން ކަމަށެވެ.

އެމީހުންގެ ތެރެއިން 24 އަހަރުގެ މީހާއާއި 20 އަހަރުގެ އެކަކު ހައްޔަރުކޮށްފައިވަނީ 2015 ޖުލައި 13 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 2015 ޖުލައި 14 ވަނަ ދުވަހު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ހާމަކުރެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އިތުރު ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެންނަކީވެސް ޖިނާޢީ ތަފާތު ކުށްތަކުގެ ގިނަ ޢަދަދެއްގެ ރެކޯޑް އޮންނަ މީހުން ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދަނީ އައްޑުއަށް ފުލުހުންގެ ޓީމެއް ގޮސްގެން ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް