ގާނޫނު ކިތަންމެ ފުރިހަމަޔަސް، ރައްޔިތުންނަށް ފައިދާ ކުރާނީ އާހިރަތަށް އީމާންވާ ފަނޑިޔާރުން ތިބެގެން: ސުއޫދު

ރޭ 12 އިން ފެށިގެން އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާފައިވާއިރު އެ ގާނޫނު ކިތަންމެ ފުރިހަމަޔަސް، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނީ އާހިރަތް ދުވަހަށް އީމާންވާ ފަނޑިޔާރުން ތިބެގެންކަމަށް ދައުލަތު...

16 Jul 2015 | 03:39

ރޭ 12 އިން ފެށިގެން އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާފައިވާއިރު އެ ގާނޫނު ކިތަންމެ ފުރިހަމަޔަސް، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނީ އާހިރަތް ދުވަހަށް އީމާންވާ ފަނޑިޔާރުން ތިބެގެންކަމަށް ދައުލަތުގެ ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ ފޭސްބުކްގައި ޖެއްސެވި ސްޓޭޓަސް އެއްގަ އެވެ.

އެ ސްޓޭޓަސްގައި ސުއޫދު ވިދާޅުވެފައިވަނީ "އާ ގާނޫނުލް އުގޫބާތަކީ ކިތަންމެ ފުރިހަމަ ގާނޫނެއް ނަމަވެސް، އެ ގާނޫނުގެ ފައިދާ ރައްޔިތުންނަށް ކުރާނީ، އަމިއްލަ އެދުމެއްނެތި، އިޚްލާސްތެރި، ﷲ އަށް ބިރުވެތިވާ، އާޚިރަސް ދުވަސް އަންނާނެކަން ދެނެތިބި، އަޚްލާގް ރަނގަޅު މަތިވެރި ސްލޫކެއްގެ ވެރި ފަނޑިޔާރުން ތިބެގެން" ކަމަށެވެ.

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާފައިވާއިރު މި ގާނޫނަށް އެންމެ ފުރަތަމަ އަމަލުކުރަން މަޖިލީހުން ކަނޑައެޅީ މި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެފަހުން ވަނީ ޖުލައި 16 ވަނަ ދުވަހަށް ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކޮށްފަ އެވެ.

މި ގާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ގާނޫނުލް އުގޫބާތަށް އަހުލުވެރިކުރުވުމަށް އެޓާނީޖެނެރަލް އޮފީހުގެ ލީގަލް ސެކްޓާ ރިސޯސަސް ސެންޓަރުން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕްރޮސިކިއުޓަރުން ވަނީ އަހުލުވެރިކޮށްފައެވެ. އެ މަސައްކަތް ކުރެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް