ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އެންމެ ފުރަތަަމަ ބައްދަލުކުރައްވާފައި ވަނީ އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާއިލް އާއެވެ.
ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ނަޝީދާއި ޑިމޮކްރެޓުންގެ މެންބަރުން ދެއްވި މެންދުރު ކެއުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަަދަލުކޮށްލެވިއްޖެ" ފައްޔާޒް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައިވެސް ރައީސް ނަޝީދު ވަނީ ފައްޔާޒުއާ ބައްދަލުކުރައްވާފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އިސްފަރާތަކާ ބައްދަލު ކުރައްވާފައި މިވަނީ 2027 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތް ދާދިފަހުން އެ މަނިކުފާނު އަމިއްލަފުޅަށް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް