ބްރޯޑްކޮމްގެ މެމްބަރުކަމަށް ޒަމްއަތު އައްޔަނުކުރަން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަ...

16 Jun 2025 | 07:42

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން އެ ކޮމިޓީން އެންމެ މަތިން މާކްސްދީފައި ވަނީވެސް ކުރީގެ ނޫސްވެރިޔާ އަދި ޕްރެޒެންޓަރު ޒަމްއަތު އަހްމަދު ވަހީދަށެވެ.

އެގޮތުން މިއަދު އޮތް މަޖިލިސް ޖަލްސާގައި ޒަމްއަތު ބްރޯޑްކޮމް މެންބަރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 56 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އަދި ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލާފައި ވަނީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު އިއްޔެއަށް ހަމަވާނެތީއެވެ.

ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޒަމްއަތު މިވަގުތު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް