ވިންޑްސްކްރީން ތަޅައިގެންގޮސް އެތެރެއަށް ރާޅު އަރަމުންދިޔަ ލޯންޗަކަށް މެރިން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މެރިން ފުލުހުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ މިއަދު 8:08 ހާއިރު އއ. އަތޮޅުން 12 މީހުންނާއެކު މާލެ ދަތުރުކުރަމުންދިޔަ "ސެނޯރާ ވޭކް" ނަމަކަށް ކިޔާ ލޯންޗެއް ކ. ގިރާވަރު ކައިރިން ވިންޑް ސްކްރީން ތަޅައިގެން ގޮސްފައިވާ ކަމަށެވެ.
އަދި މާލެ ދަތުރުކުރަމުންދިޔަ އެ ލޯންޗުގެ ވިންޑް ސްކްރީން ތަޅައިގެން ދިޔުމުގެ ސަބަބުން ލޯންޗުތެރެއަށް ރާޅު އަރަމުން ދިޔުމާއި ގުޅިގެން އެ ލޯންޗުން ދަތުރުކުރި 12 މީހުން މާލެ ގެންގޮސްދީފައިވާ ކަމަށް މެރިން ފުލުހުން ބުނެފައި ވެއެވެ.
މެރިން ފުުލުހުން ވަނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދަތުރުފަތުރު ކުރުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް