މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދެކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނާއި މެންދުރުފަހުގެ ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން މިކ...

16 Jun 2025 | 04:09

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނާއި މެންދުރުފަހުގެ ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން މިކަންހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ސްޓެލްކޯއިން ކުރި ޕޯސްޓުގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މާލެ ސިޓީ، ދަނބުރުއް މަގު، އަނޯނާ ގޯޅި އަދި ކުދިމާ ގޯޅި ހިމެނޭ ސަރަޙައްދުން މިއަދު ހެނދުނު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

އެގޮތުން މިއަދު 9:30 އާއި 11:30 އާ ދެމެދު އެ ސަރަަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މީގެ އިިތުރުން ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު މާލޭގެ ބޮޑުރަސްގެފާނު މަގު އަދި ބޮޑުރަސްގެފާނު މަގު ހަނި ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް