މާލެ ދެކުނު ސަރަހައްދަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެ އެންމެ ފަހުން ސިޓީ ކައުންސިލުން އެ ސަރަހައްދުގައި ފެންސު ޖަހައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މާލޭ ދެކުނު ސަރަހައްދަށް ކުނި އަޅަމުން ދާތީ، އެކަން ހުއްޓުމުގެ ގޮތުން، އެ ސަރަހައްދަށް ނުވަދެވޭހެން ފެންސު ޖަހައި ބަންދުކޮށްފައިވާކަމަށެވެ.
އެ ސަރަހައްދުގައި ފެންސު ޖަހާފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭ ސިޓީ ކައުންސިލުންނެވެ.
މާލެ ސިޓީ ކައުންސިލުން އެކްސް ގައި މިކަމާއި ގުޅިގެން އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެ އަކީ ސާފުތާހިރު ރީތި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.
މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުންދާތީ އެ ސަރަހައްދުގައި ފެންސް ޖަހާ ބަންދުކުރުން, މާލެއަކީ ސާފުތާހިރު ރީތި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ. pic.twitter.com/HH1xWvcChZ
— Malé City Council (@MaleCitymv) June 15, 2024
މާލެ ސިޓީ ސާފު ތަނަކަށް ހެދުމަށް ޓަކައި ސިޓީ ކައުންސިލުން ގިނަ މަސައްކަތް ތަކެއް ކުރަމުން ދެއެވެ. މިގޮތުން ދާދި ފަހުން އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަހައްދާއި ގުޅިފައިވާ ދެކުނު ފަރާތު ބަނދަރުވެސް، މާލެ ސިޓީ ކައުންސިލުންވަނީ ސާފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް