މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި މީހުން ތަހުޤީޤު  ނިމެންދެން ބަންދު

ދަރުބާރުގޭ ކައިރީގައި ރޭގައި ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. ފުލުހުން މިރޭ ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހ...

16 Jun 2024 | 18:05

ދަރުބާރުގޭ ކައިރީގައި ރޭގައި ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހުން، ތަހުޤީޤު ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

ރޭގައި ހިންގި އެ މާރާމާރީގައި މީހަކު ޒަޚަމްކޮށްލާފައިވެއެވެ. ޒަޚަމްވި މީހާ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ރޭގައި ފުލުހުން ބުނެފައިވަނީ އޭނާގެ ޙާލު ސީރިއަސް ނޫންކަމަށެވެ. މިއަދު ފަހުގެ އަދާހަމައެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މީގެ އިތުރުންވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުގައި ދެ މާރާމާރީއެއް ހިންގާފައިވެއެވެ. މި މާރާމާރީތަކުގައި ހަތަރު މީހަކާއި ފުލުހަކަށް އަނިޔާވެފައިވެއެވެ. އަދި ފަތިހު ހުޅުމާލޭގައި ހިންގި މާރާމަރީއަކާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާއިރު އެ މާރާމާރީއާއި ގުޅިގެން މީހަކު ހޯދަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް