މިރޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވަދޭނަން: އެމްއެންޑީއެފް

އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި މިރޭ ހުޅުމާލޭގައި ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސްއިން (އެމްއެންޑީއެފް) ބުނެފިއެވެ. މިރޭ ހުޅުމާލެ، ސެންޓްރަލް ޕާކު ސަރަހައްދުގައި ހަވާ އަރުވާނެ ކަމަށް ...

16 Jun 2024 | 10:02

އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި މިރޭ ހުޅުމާލޭގައި ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސްއިން (އެމްއެންޑީއެފް) ބުނެފިއެވެ.

މިރޭ ހުޅުމާލެ، ސެންޓްރަލް ޕާކު ސަރަހައްދުގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވާ ވަގުތަކީ މިރޭ 21:00 އެވެ.

މި ހަރަކާތް 5 މިނެޓަށް ކުރިއަށް ދާނެ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އަޟްހާ ޢީދާއި ގުޅިގެން މި އަހަރު މާލޭގައިވެސް ތަފާތު ގިނަ ހަރަކާތް ތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ.

މިގޮތުން އެމްއެންޑީއެފްގެ ފަރާތުން ޙާއްސަ ސަގާފީ ހަރަކާތެއް މިއަދު ހަވީރު16:00 އިން18:00 އަށް ކަޅުތުއްކަލަ ކޮށި ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް