މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި 1.8 މިލިޔަން މުސްލިމުން

މި އަހަރު 1.83 މިލިއަން މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ. މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި 1.8 މިލިޔަން މުސްލިމުން ބައިވެރިވާކަމުގަ...

16 Jun 2024 | 09:52

މި އަހަރު 1.83 މިލިއަން މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި 1.8 މިލިޔަން މުސްލިމުން ބައިވެރިވާކަމުގައި ސަޢޫދީ އަރަބިއްޔާއިން ބުނެފިއެވެ.

އެގޮތުން މި އަދަދުގެ ޖުމުލަ އަދަދު 1،833،64 އަށް އަރައެވެ. އެއީ އެހެން ޤައުމުތަކުން 1،611،310 އަދި ސަޢޫދީ އަރަބިއްޔާއިން 221،854 މީހުން ހިމެނޭހެންނެވެ.

ޙައްޖުގެ އަޅުކަން މިއަހަރު އަދާކުރާ ފިރެހެނުންގެ އަދަދަކީ 958،137 މީހުންނެވެ. އަދި އަންހެނުންގެ އަދަދަކީ 875،027 މީހުންނެވެ. މިގޮތުން ޙައްޖުވެރިންގެ ތެރޭގައި 22.3 އިންސަތަ މީހުން ނިސްބަތް ވަނީ އޭޝިއާ ޤައުމުތަކަށެވެ. އަދި 63.3 އިންސަތަ ޙައްޖާޖީންނަކީ އަރަބި ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން،11.3 އިންސައްތަ މީހުން ނިސްބަތްވަނީ ޔޫރަޕްގެ ޤައުމުތަކަށެވެ. އަދި 3.2 އިންސައްތަ މީހުން ނިސްބަތްވަނީ އެހެން ސަރަހައްދުތަކަށެވެ.

ވައިގެ މަގުން ސައުދީއަށް މި އަހަރު ދިޔަ މީހުންގެ އަދަދު، 1.5 މިލިއަނަށް އަރާފައިވެއެވެ. މިގޮތުން ބޭރުގެ ޤައުމުތަކުން ސައުދީ އެއާރޕޯޓަށް އައި މީހުންގެ އަދަދު ވަނީ 1،546،345 އަށް އަރާފައެވެ. އެއްގަމުމަގުން ދިޔަ މީހުންގެ އަދަދަކީ160،251 އެވެ. އަދި ކަނޑު މަގުން ދަތުރުކޮށް ސައުދީއަށް 14،714 މީހުން ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް