އެސްޓިއޯއަށް 818 މިލިއަންގެ ފައިދާއެއް- ރެކޯޑު އަހަރެއް

އެސްޓިއޯއަށް ނިމިދިޔައި އަހަރު ތެރޭގައި 818 މިލިއަން ރިފިޔާގެ ސާފު ފާއިދާއެއް ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެސްޓިއޯއިން ބުނީ، މިދިޔަ އަހަރު ތެރޭގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި16....

16 Jun 2024 | 08:49

އެސްޓިއޯއަށް ނިމިދިޔައި އަހަރު ތެރޭގައި 818 މިލިއަން ރިފިޔާގެ ސާފު ފާއިދާއެއް ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓިއޯއިން ބުނީ، މިދިޔަ އަހަރު ތެރޭގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި16.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބު ތަކުން ދައްކާ ކަމަށެެވެ. އަދި އޭގެ ކުރީ އަހަރު18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައި ވާކަމަށެވެ. އެސްޓިއޯއިން ވަނީ ނިމިދިޔައި އަހަރުތަކުގެ މާލީ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.

އެސްޓިއޯއިން ބުނީ މިދިޔަ އަަހަރު އާމްދަނީ ދައްވި މައިގަނޑު ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލެެވެ. މި ބަދަލާއި އެކު އެސްޓިއޯއިން ތެޔޮ ވިއްކާ އަގު ދަށްކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން އޭގެ ކުރީ އަހަރާއި އަޅާބަލާއި އިރު ތެޔޮ ވިއްކި މިންވަރު އިތުރުވުމާއި، ކުންފުނީގެ އެހެން ވިޔަފާރީތައްވެސް ކުރިއެރުމުން ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޓިއޯގެ ޖުމްލަ ފައިދާ މިދިޔަ އަހަރު އިތުރުވުމާއި އެކު ހިންގުމުގެ ފައިދާގެ ގޮތުގައި1.3 ބިލިއަން ރުފިޔާ އެސްޓިއޯއިން ވަނީ ހޯދާފައެވެ. އޭގެ ކުރީ އަހަރު އެ ކުންފުނިީގެ ހިނގުމުގެ ފައިދާއަކީ1 ބިލިއަން ރުފިޔާއެވެ.

މިގޮތުން2023 ވަނަ އަހަރު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި818 މިލިއަން ރުފިޔާ އެސްޓިއޯއަށް ވަނީ ލިބިފައެވެ. މިއީ އެސްޓިއޯގެ ތާރީހީ ރެކޯޑެކެވެ. އެ ކުންފުންޏަށް2022 ވަނަ އަހަރު ލިބިފައިވަނީ ،728 މިލިއަން ރުފިޔާއެވެ. މިއާއެކު އެ ކުންފުންޏަށް2022 ވަނަ އަހަރު ލިބުނު އާމްދަނީއަށް ބަލާއިރު އެއީ12 އިންސައްތަ ކުރިއެރުމެކެވެ.

އެ ކުންފުންޏަށް ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބެއް ގޮތުގައި އެސްޓިއޯއިން ފާހަގަ ކުރަނީ، އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރީތައް ހަރުދަނާވެ، ޖުމްލަ ފައިދާ އިތުރުވުން ކަމަށެވެ. އެ ކުންފުނީގެ ފައިދާ އިތުރު ކުރެވުން އަދި އެސްޓިއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުގެ ފައިދާ އިތުރުވުމާއި އެކު އެ ކުންފުނިތަކުގެ ފައިދާވެސް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ފައިދާގެ ގޮތުގައި1.1 ބިލިއަނަށްަ އަރާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.މިއީ އެސްޓިއޯ ގްރޫޕުގެ ތާރީހުގައިވެސް އަލަށް ހާސިލް ކުރެވުނު އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް