ރެއާލްގެ ކުރީގެ ތަރި ސާޖިއޯ އަރީބާސް ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގައި ދެ ފަތުރުވެރިއަކު ސަލާމަތްކުރި ވާހަކަ !

ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ސާޖިއޯ އަރީބާސް ރާއްޖޭގައި ޗުއްޓީހޭދަކުރަމުންދަނިކޮށް ހިނގި ހާދިސާއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ. ބައެއް މީޑިއާތަކުން އެ ވީޑިއޯއާއި ގުޅޭގޮތުން ބުނެފައިވަނީ ރާއ...

16 Jun 2024 | 07:01

ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ސާޖިއޯ އަރީބާސް ރާއްޖޭގައި ޗުއްޓީހޭދަކުރަމުންދަނިކޮށް ހިނގި ހާދިސާއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.

ބައެއް މީޑިއާތަކުން އެ ވީޑިއޯއާއި ގުޅޭގޮތުން ބުނެފައިވަނީ ރާއްޖޭގައި ޗުއްޓި ހޭދަކުރަމުންދަނިކޮށް ސާޖިއޯ އަރީބާސް އަށް ދިމާވި ހާދިސާއަކީ ދެ ފަތުރުވެރިއަކު ގެނބެމުންދަނިކޮށް ސަލާމަތްކުރަން ޖެހުނު ހާދިސާ ކަމަށެވެ.

އެ ވީޑީއޯއިން ފެންނަނީ ސާޖިއޯ އަރީބާސް އާއި އަންހެނަކު ޕޫލްގައި ތިއްބާ އޮޔާ ދިޔަ އަންހެނަކު އެހީވުމަށް ގޮވާ މަންޒަރެވެ. އެވަގުތު ސާޖިއޯ އަރީބާސް ވަނީ ސްލައިޑަކުން މޫދަށް ފުންމާލައި ދެ ފަތުރުވެރިން ސަލާމަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާއާއި ގުޅޭ މާ ގިނަ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިއީ ކޮން އިރަކު ހިނގި ކަމެއްކަންވެސް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މި ވީޑިއޯގެ ވާހަކަ މީޑިއާތަކުން ގެނެސްދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޚަބަރާއި ގުޅޭ ވީޑިއޯ ފެންނަ ލިންކު 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް