މާލޭ، ދަރުބާރުގޭ ކައިރީގައި ރޭގައި ހިންގި މާރާމާރީއާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭގައި ބުނީ ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމަށް ރޭ 10:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާއި އަނިޔާވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"ހާލު ސީރިއަސްއެއް ނޫންކަމަށް ހޮސްޕިޓަލުން ބުނޭ" ފުލުހުން ބުނެފައިވެއެވެ.
ރޭގައި ދެމީހަކު ހައްޔަރުކުރިކަމަށް ފުލުހުން އޭރު ބުންޏެވެ. މިއަދު ބުނެފައިވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެއީ ދިވެހިންތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް