ޖުމްހޫރީ މައިދާނުގައި މި ޢީދަށް ދިއްލާފައިހުރި ބައެއް ޢީދު ބޮކީގެ ކޭބަލް ވަގަށް ނަގައިފިއެވެ.
މިކަން ހާމަކޮށް މާލޭ ސިޓީކައުންސިލުން މިރޭ ބުނެފައިވަނީ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފައިވާއިރު މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ޢީދުބޮކިތަކުގެ ކޭބަލް ވަގަށް ނަގާފައިވާއިރު އެ ބޮކިތައް ހަރުކުރީވެސް މިރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.
ކޭބަލް ވަގަށްނެގުމުގެ މިފަދަ މައްސަލައެއް މިރޭ ހިނގާފައިވާއިރު މީގެ ހަ ދުވަސްކުރިން، ޢިއްޒުއްދީން މަގު (ފުޑްކޯޓު) ސަރަހައްދުގެ މަގުބައްތިތަކުގެ ކޭބަލްވެސް ވަގަށް ނަގާފައިވެއެވެ.
އަދި ހަމަ އެހެންމެ އެ ދުވަހުގެ ރޭ ސިނަމާލެ ފްލެޓެއްގެ ފެންމޯޓަރު ކޭބަލްތައްވެސް ވަގަށް ނަގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް