ގއ. ވިލިނގިލިން މީހަކު ގެއްލިގެން ހޯދަނީ – ޝައްކު ކުރެވޭ ކަންތައްތަކެއް !

ގއ. ވިލިނގިލިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ރަތްވިލާގޭ އައްސަދު އަހްމަދެވެ. އޭނާ ގެއްލިގެން ހޯދަމުން އަންނަނީ އިއްޔެއިން ފެށިގެންނެވެ. މިކަމުގައި ފުލުހު...

16 Jun 2023 | 16:23

ގއ. ވިލިނގިލިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ރަތްވިލާގޭ އައްސަދު އަހްމަދެވެ. އޭނާ ގެއްލިގެން ހޯދަމުން އަންނަނީ އިއްޔެއިން ފެށިގެންނެވެ.

މިކަމުގައި ފުލުހުން ބުނެފައިވަނީ ފިރިހެނަކު ގެއްލިގެން ރޭގެ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާކަމަށާއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ރަށުން ދުވަހާ ވާހަކަ ދެއްކި، އަދި ބައެއް މީޑިއާތަކަށްވެސް މައުލޫމާތުދިން ބައެއް ފަރާތްތަކުން ބުނަނީ އައްސަދަކީ ރަށުގައި ބިދޭސީން ގޮވައިގެން ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހެއް ކަމަށާއި އެންމެ ފަހުން ބަޔަކަށް އޭނާ ފެނުނީ އިއްޔެ 2:50 ހާއިރު ކަމަށެވެ.

"ރަށުގަ އޭނާގެ ބައެއް ރަށްޓެހިންވެސް އެބަ ބުނޭ ރަށުގެ ޑެއިލީ ޑޯޒް ފިހާރައިން އެއްޗެއް ގަނެގެން ދިޔަތަން ފެނުނު ކަމަށް" ދުވަހަށް މައުލޫމާތު ހިއްސާކުރި މީހަކު ބުންޏެވެ.

އެ ރަށުގައި ވާހަކަދެކެވޭގޮތުގައި ހަވީރު އިރުއޮއްސުނު ހާއިރު އައްސަދުގެ ފޯނުން އޭނާގެ ބައެއް ރަށްޓެހިންނަށް ގުޅިއެވެ. ނަމަވެސް މާ ގިނައިރު ވާހަކަ ނުދައްކާ ކަމަށާއި ކީއްކުރަނީހޭ ކިޔާ، ކޮންމެ ފަހަރަކުވެސް ފޯނު ބާއްވަނީ ކަމަށެވެ. އަދި މިއަދު މެންދުރެއްހާއިރުވެސް އައްސަދުގެ ފޯނު އެއްފަހަރު ނެގި ކަމަށާއި ނަމަވެސް ވާހަކަ ނުދައްކާ 14 ވަރަކަށް ސިކުންތަށްފަހު ފޯނު ކެނޑުނު ކަމަށާއި ފަހުން ފޯނު ނިވާލާފައި އޮންނަކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުންޏެވެ.

އައްސަދު ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ. އަދި އައްސަދާއި ގުޅުންހުރި ބައެއް ތަކެތި ކޮންސްޓްރަކްޝަން ސައިޓަކުން ފެނިފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް އަދި ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް