ޓްވިޓާއާއި ވާދަކޮށްފާނެކަމަށް ބެލެވޭ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް

މީގެ އަށް މަސް ކުރިން ފަށައި، ކުރިއެރުންތަކެއް ހޯދަމުން އަންނަ ސޯޝަލް ނިއުސް، ސޯޝަލް މީޑިއާ ފެށުމެއް ކަމުގައިވާ "ޕޯސްޓް"، ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާއާއި ވާދަކޮށްފާނެކަމަށް ބުނަން ފަށައިފިއެވެ. އެ...

16 Jun 2023 | 05:48

މީގެ އަށް މަސް ކުރިން ފަށައި، ކުރިއެރުންތަކެއް ހޯދަމުން އަންނަ ސޯޝަލް ނިއުސް، ސޯޝަލް މީޑިއާ ފެށުމެއް ކަމުގައިވާ "ޕޯސްޓް"، ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާއާއި ވާދަކޮށްފާނެކަމަށް ބުނަން ފަށައިފިއެވެ.

އެގޮތުން ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ބައެއް ބޮޑެތި މީޑިއާތަކުން ބުނަމުން އަންނަނީ މިއީ "ނެކްސްޓް ޓްވިޓާ" އަށް ވެދާނެ ކަމަށެވެ.

އެހެން ބުނަން ފަށާފައިމިވަނީ ޕޯސްޓްގެ އައިއޯއެސް އެޕް އިއްޔެ ރިލީޒް ކުރުމާއި ހަމައިންނެވެ.

ޕޯސްޓަކީ ޓްވިޓާފަދައިން، އެހެން ނަމަވެސް ބޮޑަށް "ނިއުސް" ބޭސްޑް އެޕެއްގެ ގޮތުގައި ފައްކާކުރަމުން އަންނަ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގައި މިހާރުވެސް އެލްއޭ ޓައިމްސް، ވަޔަޑް، ޔަހޫ ފައިނޭންސް، ފޯޗިއުން، އިންސައިޑާ، އެންބީސީ ނިއުސްފަދަ ބޮޑެތި ނިއުސް ޕްލެޓްފޯމްތައް ޕަބްލިޝިންގ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވަމުންދެއެވެ.

ޓްވިޓާއާއި ވައްތަރުގޮތަކަށް ޔޫޒާ އިންޓަފޭސް ފަރުމާކޮށްފައިވާ ޕޯސްޓްގެ މައިގަނޑު ތިން ފީޑެއް ހިމަނާފައިވެއެވެ. އެއީ ފޮލޯވިންގް ފީޑާއި، އެކްސްޕްލޯ ފީޑްގެ އިތުރުން ނިއުސް ފީޑެވެ. ފޮލޯވިން ފީޑްގައި އެމީހަކު ފޮލޯ ކުރާ ބައެއްގެ ފީޑްފެންނައިރު، އެކްސްޕްލޯ ފީޑަކީ އޯޕަން ފީޑެވެ. ނިއުސް ފީޑަކީ ޕާޓްނާ ނިއުސް ފީޑްސްތަކެވެ.

ފާހަގަކޮށްލެވޭ އަނެއް ތަފާތަކީ ނިއުސް ފީޑްސްއިން ހަބަރު ކިޔުމަށް "މައިކްރޯ ޕޭމަންޓްސް" (ކުޑަ އަދަދެއްގެ ހަރަދެއް) ދާނެ ކަމެވެ. މިއީ ނޫސްތަކަށް ފައިދާ ކުރާނެ މޮޑެލެއްގެ ގޮތުގައި ބެލެވޭ ކަމަށް ޕޯސްޓަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

މީގެ އަށް މަސް ކުރިން ފެށި ޕޯސްޓްގައި މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ޔޫޒާސް ރަޖިސްޓްރީވެފައިވެއެވެ. ޕްރީމިއަމް ޕަބްލިޝާސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި އެޕްގައި ފައިސާ ލިބޭނެ މަގު ފަހިކޮށްދޭކަމީ މި އެޕްގެ އެއް މުހިންމު ފީޗާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް