އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގާ އުމުރުން 26 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސެންޓްރަލް ޕޮލިސް ސަރަހައްދުންނެވެ. އެ ސަރަހައްދުގައި ހިމެނެނީ މ،ފ، ދ، ތ އަދި ލ. އަތޮޅުގެ ރަށްތަކެވެ.
ދުވަހަށް އެނގިފައިވާގޮތުގައި މިކަން ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މައްސަލަ ހުށަހަޅާފައިވަނީ ބުދަ ދުވަހު ކަމަށާއި ހަމަ އެދުވަހު ބިދޭސީ މީހާ ހައްޔަރު ކުރި ކަމަށެވެ. އަދި ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ބުރާސްފަތި ދުވަހު ދީފައިވާކަމަށެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ބިދޭސީ އެމީހާ އަތުލައިގަނެގެން ފުލުހުންނާއި ހަވާލުކުރީ މިކަން ހިނގި ރަށުގެ ރައްޔިތުންނެވެ.
ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާތީއާއި ކުއްޖާއަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިފަދަ މައުލޫމާތު ހާމަކުރާއިރު ފުލުހުން އެއީ ކޮން ރަށެއްކަން ހާމައެއް ނުކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް