އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ސައުތު ކެރޮލައިނާގެ ޕޯލްޓްރީ ޕްލާންޓަކުން 40 ހާސް ޑޮލަރުގެ އަގުހުރި ކުކުޅު ވަގަށްނެގި މީހަކު ހޯދަން އެ ސްޓޭޓްގެ ފުލުހުން އިއުލާނުކޮށްފިއެވެ.
ހޯދަން އިއުލާނުކޮށްފައިވާ މީހާގެ ނަމަކީ ޖެރެމީ މެކްފެޑެން އެވެ.
އޭނާ ހޯދަމުން އަންނަނީ މި މަހުގެ ނުވަވަނަ ދުވަހު ޕޯލްޓްރީ ޕްލާންޓަކުން 40 ހާސް ޑޮލަރުގެ އަގުހުރި "ބޯންލެސް ޗިކަން ބްރެސްޓްސް" ވަގަށް ނަގައިގެން ފިލާފައިވާ މައްސަލައެއްގައެވެ.
މެކްފެޑެން އަކީ އޭނާގެ އަތުގައި ޓޮޔޯޓާ ކޮރޮއްލާ މަރުކާގެ ކާރަކާއި ޖީއެމްސީ ޔުކޯން މަރުކާގެ ކާރެއް އޮންނަ ކަމުގައިވެސް އޭނާ ހޯދަން އިއުލާނުކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް