އެފްވައިއެފްސީ 2023: މުބާރާތުގެ ސެމީއަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ގެ ކުއާޓާ ފައިނަލް މެޗުތަކުގެ ކުޅުން ނިމި މުބާރާތުގެ ސެމީ ފަައިނަލަށް ދަތުރުކުރި ހަތަރު ޓީމު ކަށަވަރު ވެއްޖެއެވެ. މުބާރާތުގެ ކު...

15 Jun 2023 | 19:51

ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ގެ ކުއާޓާ ފައިނަލް މެޗުތަކުގެ ކުޅުން ނިމި މުބާރާތުގެ ސެމީ ފަައިނަލަށް ދަތުރުކުރި ހަތަރު ޓީމު ކަށަވަރު ވެއްޖެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅެ ނިމުނުއިރު، މުބާރާތުގެ ސެމީ އިން ޖާގަ ހޯދި ހަތަރު ޓީމަކީ ކަންމަތި ސްޕޯޓްސް ކުލަބް، އައުޓްރީފް ސްޕޯޓްސް ކުލަބް، ބީޖީ ސްޕޯޓްސް ކުލަބް އަދި ގޯޅި ސްޕޯޓްސް ކުލަބެވެ.

ކަންމަތި އެސްސީން ސެމީގެ ޖާގަ ހޯދީ ކަންމަތި އެފްސީއާއި ވާދަކޮށް 1-13 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ކަންމަތި އެސްސީއަށް ލަނޑުތައް ޖަހައިދިނީ އަލީ ހާފިޒް، އަލީ ޝާމިސް، އިބުރާހީމް މުބީން އަދި އަލީ މީސާގު އީސާއެވެ.

މި މެޗުގައި ކަންމަތި އެފްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު ރައްޔާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި އެސްސީއަށް އަށް ލަނޑު ޖަހައިދިން އަލީ ހާފިޒްއެވެ.

އައުޓްރީފް ސަޕޯޓްސް ކުލަބް ސެމީއިން ޖާގަ ހޯދީ ގޯޅިއަންސް އާއި ވާދަކޮށް 1-4 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގައި އައުޓްރީފަށް ލަނޑުތައް ޖަހައިދިނީ އަލީ ހުމޭޒް، އިސްމާއީލް ވަޖީހު އަދި އަލީ ޝިޔާހުއެވެ. މި މެޗުގައި ގޯޅިއަންސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަބްދުﷲ ރިމާހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައުޓްރީފް އަށް ދެ ލަނޑު ޖަހައިދިން އިސްމާއީލް ވަޖީހުއެވެ.

ބީޖީ ސްޕޯޓްސް ކުލަބް ސެމީއިން ޖާގަ ހޯދީ ރަސްހިންނެ ޑިޓްރޮއިޓްސް އާއި ވާދަކޮށް 2-3 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގައި ބީޖީ ސަޕޯޓްސް ކުލަބަށް ލަނޑުތައް ޖަހައިދިނީ ހުސެއިން އަލީ، އަހުމަދު އަޔާޒް އަދި މުސްލިމް މުހައްމަދުއެވެ. ރަސްހިންނެގެ ލަނޑުތައް ޖަހައިދިނީ އަލީ ޝާމް އާއި އަހުމަދު އަނަސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބީޖީ ސަޕޯޓްސް ކުލަބުގެ ހުސެއިން އަލީ އެވެ.

ގޯޅި ސްޕޯޓްސް ކުލަބް ސެމީއިން ޖާގަ ހޯދީ 0-15 ގެ ނަތީޖާއިން ނެވަގިވަޕް ބަލިކޮށްގެންނެވެ.

މި މެޗުގައި ގޯޅިއަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު ޙަލީމް، އަބުދުﷲ ޖުނައިދު، ހުސެއިން ނާޝިދު، ޙުސެއިން ޝަރީފް، އަބުދުﷲ ޝާފިއު އަދި ޝާމިން މުހަންމަދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި ގޯޅިއަށް ފަސް ލަނޑު ޖަހައިދިން އަޙުމަދު ޙަލީމްއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް އަދި ސޯސަން ފިހާރަ ހިމެނެއެވެ. އަދި މީގެ އިތުރުން ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ބެސްޓްބައި މޯލްޑްިވްސް އަދި ޔޫރޯ ސްޓޯރ އެމްވީއެވެ.

މުބާރާތުގެ ލައިވް ޕާޓްނަރ އަކީ “ލޫޕްކާސްޓް އެމްވީ” އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ “ދުވަސް އޮންލައިން” އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ އިމޭޖަސް އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް