ހުޅުމާލޭ ހޮސްޕިޓަލްގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން "ގިފްޓް ޕެކް" ދޭން ފަށައިފި އެވެ.
މި ގިފްޓް ޕެކަކީ "ފަހުރުވެރި އާއިލާ" ކެމްޕެއިންގެ ދަށުން ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންނަށް ދެމުން އަންނަ ހަދިޔާ އެކެވެ، މި ހަދިޔާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ހިދުމަތް ފެށުމުން ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އެސްޓީއޯއަށް ޝުކުރު އަދާކޮށްފަ އެވެ.
އެސްޓީއޯއިން ދޭ ގިފްޓް ޕެކްގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ.
ޕިޔުރިޓީ ބްރޭންޑްގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް ފަސޭހަ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.
އެސްޓީއޯއިން ބޭނުން ވަނީ މި ކެމްޕޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އުފަންވާ ކުދިންގެ އާއިލާތަކަށް ލިބޭނެހެން ފުޅާކުރުމަށެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ހަދިޔާ ދޭން ފެށުމުން ހުޅުމާލޭގައި ހިންގާ ދެ ހޮސްޕިޓަލުގައި އެ ހިދުމަތް ފެށުނީ އެވެ.
މީގެ އިތުރުން އުފަންވާ ކުދިންނަށް އެސްޓީއޯއިން ހަދިޔާ ދޭ ހޮސްޕިޓަލްތަކުގެ ތެރޭގައި، އައިޖީއެމްއެޗު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް