މަޖިލީހުގެ ރައީސް ނަޝީދު ލޭ ހަދިޔާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލޭ ހަދިޔާ ކުރައްވައިފި އެވެ. އެމަނިކުފާނު ލޭ ހަދިޔާ ކުރައްވާފައިވަނީ މަޖިލީހުގެ އިދާރާގެ ސޯސަން ކްލަބް "ޕެމާ" އިން އިންތިޒާމް ކުރި ލޭހަދިޔާ ކުރުމުގެ ޕް...

16 Jun 2022 | 17:15

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލޭ ހަދިޔާ ކުރައްވައިފި އެވެ.

އެމަނިކުފާނު ލޭ ހަދިޔާ ކުރައްވާފައިވަނީ މަޖިލީހުގެ އިދާރާގެ ސޯސަން ކްލަބް "ޕެމާ" އިން އިންތިޒާމް ކުރި ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމެއްގައި އެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވިއަން ބްލަޑް ސާވިސް އާއި ގުޅިގެންނެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި ކޭމްޕުގައި އެ އިދާރާއިގެ ގިނަ އަދަދެއްގެ މުވައްޒަފުން ލޭހަދިޔާ ކުރި ކަމަށެވެ. އޭގެ ތެރޭގައި އަަންހެން މުވައްޒަފުންވެސް ހިމެނެ އެވެ.

މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ލޭ ހަދިޔާ ކުރެއްވިކަން ހާމައެއް ނުކުރެ އެވެ.

https://twitter.com/mvpeoplesmajlis/status/1537383945117257728

މިއީ މި ފަހުގެ އަހަރުތަކުގައި މަޖިލީހުގެ އިދާރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ހާއްސަކޮށް މަޖިލީހުގެ ރައީސަކު މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވެ ލޭހަދިޔާ ކުރެއްވިކަން މަޖިލީހުން ހާމަ ކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް