އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ އުފެއްދުންތަކަށް ހާއްސަ ރެކެއް ބަހައްޓައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ އުފެއްދުންތައް ވިއްކަން ހާއްސަކޮށް ރެކެއް ބަހައްޓައިފި އެވެ. މިކަމަށް ޓަކައި މިއަދު ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. މިފްކ...

16 Jun 2022 | 16:30

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ އުފެއްދުންތައް ވިއްކަން ހާއްސަކޮށް ރެކެއް ބަހައްޓައިފި އެވެ.

މިކަމަށް ޓަކައި މިއަދު ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ.

މިފްކޯއިން ބުނީ އެ ސުޕާމާކެޓުގައި އެކުންފުނީގެ އުފެއްދުންތަކަށް ހާއްސަ ރެކެއް ބަހައްޓަން ނިންމީ އެތަނަކީ ގިނަ ބަޔަކު ވިޔަފާރި ކުރާ ތަނަކަށް ވާތީ ކަމަށެވެ. އަދިި ކުރިޔަށް އޮތްތާ އެ ކުންފުނީގެ ވިޔަފާރި މީގެ ސަބަބުން ކުރިއަރާނެ ކަމަށް މައުލޫމާތުދެ އެވެ.

އެސްޓިއޯ ޕީޕަލްސް ޗޮއިސްގައި ފިހާރައެއް ހުޅުވުމުގެ އިތުރުން މިފްކޯއިން އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ޑްރެއިންޑް ޓޫނާ ޗަންކްސް" މަސްދަޅު ބާޒާރަށް ނެރެފަ އެވެ. މި މަސްދަޅަކީ ތެޔޮ މަދު، ބަދިގޭގައި ބޭނުން ކޮށްލަން ފަސޭހަ އަދި ސިއްހަތަށް ފައިދާ ހުރި އުފެއްދުމެކެވެ.

މިފްކޯއިން ވެގެން ގޮސްފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ރެކެއް ކުއްޔަށް ނަގައިގެން ވިޔަފާރި ކުރާ ފުރަތަމަ ކުންފުންޏެވެ. އެކަމަކު މީގެ ދެ މަސް ކުރިން އެސްޓީއޯއިން ހުުޅުވާލި ފުރުސަތުގައި މިހާރު ހަޔަކަށްވުރެ ގިނަ ވިޔަފާރިތަކުން ދަނީ އެތަނުން ޖާގަ ނަގައިގެން ވިޔަފާރި ކުރަމުންނެވެ.

އެސްޓޯއިން ބުނީ މިފްކޯއެކޭ އެއްގޮތަށް ބާކީ ހުރި ރެކުތައް ކުންފުނިތަކަށް ކުއްޔަށް ވިޔަފާރިތަކަށް ކުއްޔަށް ހިފުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މިހާރު ވިޔަފާރިތަކާއި ވާހަކަ ދައްކަމުންދާކަމަށް މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް