މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅައިފި

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލުގެނެސްފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނުު ނޫސް ބަޔާނެއްގައި ބުނީ މި މަހުގެ ބާރަވަނަ ދުވަހުން ފެށި...

16 Jun 2022 | 14:06

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލުގެނެސްފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނުު ނޫސް ބަޔާނެއްގައި ބުނީ މި މަހުގެ ބާރަވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މުދަލު ޒަކާތުގެ ނިޞާބަކީ 6396.25 ރުފިޔާ ކަމަށެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާނީ ފަސް ބާވަތެއްގެ މުދަލުންނެވެ.

އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.

އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. މިދިޔަ އަހަރު މުދަލުޒަކާތުގެ ގޮތުގައި މުޅިރާއްޖެއިން 85 މިލިޔަން ރުފިޔާވަނީ ބަލައިގަނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް