ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީީ ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައެވެ.
ފިނޭންސް މިނިސްޓްރީން ކުރި ޓްވީޓްގައި ބުނީ މި ލޯނު ނެގީ ތިން ބޭންކެއް މެދުވެރިކޮށް ކަމަށެވެ.
އެއީ އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކެވެ.
މި ލޯނުގެ ދަށުން ގުޅިފަޅު އިތުރަށް ހިއްކައި، އާ ޕޯޓެއް ތަރައްގީކޮށް މާލޭގައި މިހާރު ބޭނުންކުރާ ވިޔަފާރި ބަނދަރު އެތަނަށް ބަދަލުކުރެވޭނެ ކަމަށް ފިނޭންސުން ހާމަކުރެއެވެ.
ރާއްޖޭގެ ފަރާތުން މި ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތާއި ލޯނުގެ އިންޓްރެސްޓް ރޭޓާ ގުޅޭ ތަފްސީލު ފިނޭންސް މިނިސްޓްރީން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް