ރިސޯޓެއްގައި ކުނި އަންދަން އުޅުނު ބިދޭސީއަކު ފިހިއްޖެ

މާޔާފުށި ރިސޯޓުގައި ކުނި އަންދަން އުޅުނު ބިދޭސީއަކު ފިހިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ފިހިފައިވަނީ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެގޮތުން މިހ...

16 Jun 2022 | 11:57

މާޔާފުށި ރިސޯޓުގައި ކުނި އަންދަން އުޅުނު ބިދޭސީއަކު ފިހިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ފިހިފައިވަނީ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

އެގޮތުން މިހާދިސާ ހިނގާފައި ވަނީ ކުނި އަންދަމުން ދިޔަ އިންސިނެރޭޓަރުގެ ދޮރުހުޅުވާލި ވަގުތު ދޮރުގެ ކައިރީގައި ހުރެވުމުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިހާދިސާގައި އެ ފިރިހެން މީހާގެ އަތާއި މޫނު އަދި ކަރުން ބައެއް ފިހިފައިވެއެވެ.

މީގެ އިތުރުން އޭނާ އަށް މިހާރު ފަރުވާ ދެމުންދަނީ ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް