މާބުލް ޝީޓުތަކުގެ ތެރޭގައި ތާށިވި ދެވަނަ މީހާވެސް މަރުވެއްޖެ

މާބުލް ޝީޓުތަކެއްގެ ތެރޭގައި ތާށިވި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބިގެން ފަރުވާ ދެމުން ދިޔަ މީހާ މަރުވެއްޖެ އެވެ. މި ހާދިސާގައި ދެ މީހަކު މާބުލް ޝީޓުތަކުގެ ތެރޭގައި ތާށިވި އެވެ. އަނެއްމީހާ ވަނީ ހ...

16 Jun 2022 | 11:09

މާބުލް ޝީޓުތަކެއްގެ ތެރޭގައި ތާށިވި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބިގެން ފަރުވާ ދެމުން ދިޔަ މީހާ މަރުވެއްޖެ އެވެ.

މި ހާދިސާގައި ދެ މީހަކު މާބުލް ޝީޓުތަކުގެ ތެރޭގައި ތާށިވި އެވެ. އަނެއްމީހާ ވަނީ ހަމަ އެގަޑީގައި މަރުވެފައި އެވެ.

މި ހާދިސާ ހިނގީ މިމަހުގެ12 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގެ ޑިންގީ ޖެޓީގައި އެވެ.

ދެވަނަ މީހާ މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އައިޖީއެމްއެޗުގެ މީޑިއާ ޑިޕާޓްމެންޓުން މައުލޫމާތު ދޭގޮތުގައި38 އަހަރުގެ ބިދޭސީ މިހާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

ބިދޭސީން ތާށިވީ ރިސޯޓަކަށް ގެންދަން އުޅުނު މާބްލްތަކެއްގެ ތެރޭގައި ކަަމަށް ވެ އެވެ. ދެ ފަރާތުގައި ބަހައްޓާފައިވާ ޝީޓްތަކުގެ ދެމެދަށް ވަދެވި ތާށިވީ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. ދެ މީހުން އެތަނުން ނެރުނީ އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަސައްކަތުގައި ހަ ބިދޭސީން އުޅުނެވެ. އެކަމަކު ހާދިސާ ހިނގުމާއި އެކު އަނެއް ހަތަރު ބިދޭސީން ވަނީ ފިލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް