ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި މާސްކު އެޅުމަށް ގައުމީ އެއަރލައިނުން އިލްތިމާސް ކޮށްފިއެވެ.
ގައުމީ އެއަރ ލައިން، މޯލްޑިވިއަން އިން މިގޮތަށް އިލްތިމާސް ކޮށްފައިމިވަނީ ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ ކޮވިޑް ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އިތުރުވަމުންދާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
އެގޮތުން މިދިޔަ ހަފްތާގައި 142 ކޭސް ފެނިފައިވާ ކަމަށާއި މިއީ ކުރީ ހަފްތާއާ އަޅާބަލާއިރު 69 ޕަސަންޓް އިތުރުވުމެއް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި ކޭސްތައް އިތުރުވުމާއެކު ސާމްޕަލް ޕޮޒިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ތަފާސް ހިސާބުތަކަށް ރިޔާޢަތްކޮށް އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން މެއި މަހު އެޑްމިޓްކޮށް 15 މީހުންނަށް ފަރިވާދިން އިރު، މި ޖޫން މަހު 12 ވަނަ ދުވަހާ ހަމައަށް 11 މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށެވެ.
މިއާއެކު އެޗްޕީއޭއިން ވަނީ ކޮވިޑްގެ ހާލަތު ގޯސްވިޔަނުދިނުމަށްޓަކައި ބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އަދިވެސް ކޮވިޑުގެ ހާލަތު އާދައިގެ ދިރިއުޅުމަށް ނާންނައިރު، ބައެއް ގައުމުތަކުގައި އަދިވެސް ހާލަތު ގޯސްވަމުންދާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް