މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑު ޑރ. ޝަހީމަށް

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑު ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފިއެވެ. ޖައިޒަތުލްޙިއްރީޖީނަ...

16 Jun 2022 | 09:34

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑު ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފިއެވެ.

ޖައިޒަތުލްޙިއްރީޖީނައްރުއްވާދު އެވޯޑު އެމަނިކުފާނަށް ހަވާލުކުރައްވާފައިވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި އޮތް ޚާއްސަ ހަފްލާއެއްގައި ސަލްމާން ރަސްގެފާނުގެ ދަރިކަލުން، މަދީނާގެ އަމީރު ފައިޞަލްބިން ސަލްމާނެވެ.

އެ ޔުނިވަރސިޓީން ގްރެޖުއޭޓުވުމަށްފަހު ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެ ދަރިވަރަކު ކުރާ މަސައްކަތްތަކާއި އިލްމީ އަދި އިދާރީ ލީޑަރޝިޕާއި އިޖުތިމާއީ ކަންކަމާއި އުފެއްދުންތެރި ވިސްނުމަށް ބަލައި އަރުވާ އެވޯޑާއެކު 204,906 ދިވެހި ރުފިޔާ (50,000 ރިޔާލް) ވެސް ވަނީ ޑރ. ޝަހީމަށް ދެއްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ރަނިން މޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރު ހަރަކާތްތެރިވެވަޑައިގެންނެވި ޑރ. ޝަހީމް މި ވަގުތު ހުންނެވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް ކަމުގެ މަޤާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް