ރޯޑް ސޭފްޓީ ފެއަރ އާއި ގުޅިގެން ހާއްސަ ޕެނަލް ޑިސްކަޝަންއެއް

ރޯޑް ސޭފްޓީ ވީކްގެ ފެސްޓިވަލް އާއި ގުޅިގެން އެޗްޑީސީން މަންސަ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެޗްޑީސީން މިއަދު ބުނީ މިއީ، އެޗްޑީސީ އާއި އެޗްޕީއޭ އާއި ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ. ...

16 Jun 2022 | 08:59

ރޯޑް ސޭފްޓީ ވީކްގެ ފެސްޓިވަލް އާއި ގުޅިގެން އެޗްޑީސީން މަންސަ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ މިއީ، އެޗްޑީސީ އާއި އެޗްޕީއޭ އާއި ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

މިގޮތުން މި ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވަނީ އައިޖީއެމްއެޗްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރ ޑރ. އިބްރާހިމް އިޔާޒް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހު، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ރުޝޫނާ ރަޝާދު އެވެ.

މީގެ އިތުރުން އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސް އިން މުހައްމަދު ޒައިދު އަދި އެޗްޑީސީގެ ޓްރެފިކް އެންޑް ރޯޑް ސަރވިސް މެނޭޖަރ އަހުމަދު ސޮފްވާން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ މަގުމަތީގެ ރައްކާތެރިކަމާއި، މިކަމަށް އާއްމުން ހޭލުންތެރިކުރުމަށް މަޢޫލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތް އޮންނާނީ މާދަމާ 16:00 އިން 18:00 އަށް ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގައި ކުރިއަށް ގެންދާ ރޯޑް ސޭފްޓީ ފެއަރގައެވެ.

ރޯޑް ސޭފްޓީ ފެއަރ 2022 ގައި މަންސަގެ އިތުރުން އިންފޮމޭޝަން ސްޓޯލް، ކުޅިވަރު ހަރަކާތްތައް އަދި ލަކީ ޑްރޯ ހިމެނެއެވެ.

މަންސަ އަކީ ހައުސިންގ ޑިވެލޮޕްމަންޓ ކޯޕަރޭޝަނުން ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ކަމުގައިވާ ހޭޑި ފޭޑި ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ތައާރަފްކޮށްފައިވާ ޓޯކް ޝޯ ސީރީސްއެކެވެ. މަންސަ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށްޓަކައި އެޗްޑީސީން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ.

މީގެ އިތުރުން އެޗްޑީީސީން ބުނީ މިއީ އެހެން ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުންނާއިއެކު ރައްޔިތުންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ހޭޑިފޭޑި ޕްރޮގްރާމުގެ ދަށުން ތައާރަފުކުރެވުނު މަންސަ މަޝްރޫޢުގެ ބައެއްކަމަށެވެ.

ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މަންސަގެ ގިނަ ޝޯތަކެއް އެކި ފަހަރުތަކެއްގެ މަތިން އެޗްޑީސީން ވަނީ ބާއްވާފައެވެ.

އެޗްޑީސީން ބުނީ މިއަދާއި ހަމަޔަށް 14 މަންސަ ޓޯކް ޝޯއެއް ވަނީ ބާއްވާފައި ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް އެޗްޑީސީން

މިފަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް