ހުޅުމާލޭ ރެސްޓޯރެންޓެއްގެ ތެރޭގައި މީހަކު މަރާލި މައްސަލައިގަ އެ ތަނުގައި މަސައްކަތް ޕާކިސްތާނު ކައްކާއެއް ކަމަށްވާ މުހައްމަދު އާބިދުގެ މައްޗަށް ދައުވާ ކޮށްފި އެވެ.
މި ހާދިސާ ހިނގީ މިދިޔަ އޭޕްރިލް މަހުގެ16 ވަނަ ދުވަހު ހާންޖީ ރެސްޓޯރެންޓުގައި އެވެ. އާބިދަށް ދައުވާ ކުރީ އެ ތަނުގައި މަސައްކަތް ކުރާ ވެއިޓަރެއް ކަމަށްވާ ބަންގްލަދޭޝް ރައްޔިތަކު މަރާލައިގެންނެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކަމަށެވެ. އެ ގާނޫނުގެ ދަށުން އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެވެ.
އާބިދާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރީ އިއްޔެ އެވެ.
މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އަންނާނެ އެވެ. އަދި ވާރިސުންގެ ފަރާތުން މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުުކުމެއް އިއްވާނެ އެވެ.
ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ25 އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް