ދުބާއީގައި މަންކީ ޕޮކްސް ޖެހޭ މީހުން 21 ދުވަހަށް ކަރަންޓީން ކުރަން ފަށައިފި

ޔޫއޭއީގެ ދުބާއީގައި މަންކީ ޕޮކްސް ޖެހޭ މީހުން21 ދުވަހު ކަރަންޓީން ވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ. ދުބާއީ ހެލްތް އޮތޯރިޓީން މިފިޔަވަޅު އަޅަން ނިންމީ ދުނިޔޭގައި ފެތުރެމުންދާ މި ބަލި މަޑު ކަމުގައި ...

16 Jun 2022 | 08:12

ޔޫއޭއީގެ ދުބާއީގައި މަންކީ ޕޮކްސް ޖެހޭ މީހުން21 ދުވަހު ކަރަންޓީން ވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ދުބާއީ ހެލްތް އޮތޯރިޓީން މިފިޔަވަޅު އަޅަން ނިންމީ ދުނިޔޭގައި ފެތުރެމުންދާ މި ބަލި މަޑު ކަމުގައި އެ ސިޓީގެ ހާލަތު ގޯސްވެދާނެތީ ރައްކާތެރި ކަމުގެ ގޮތުން ކަމަށެވެ.

އެ އޮޓޯރިޓިން ބުނީ ބަލީގެ އަލާމާތްތައް ކުޑަ މީހުންނަށް ގޭގައި ކަރަންޓީން ވެވިދާނެ ކަމަށެވެ. އެކަމަކު38 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިން ހުންނަ މީހުންނާއި ބަލީގެ އަލާމާތްތައް ހުންނަ މީހުން ހޮސްޕިޓަލުގައި އައޮސިލޭޓު ވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ބަލިން އެއްކޮށް ރަނގަޅުވަން ދެން އައިސޮލޭޓު ވާން ޖެހޭ މީހުންގެ ތެރޭގައި ހަ އަހަރުން ދަށުގެ ކުދިންނާއި 70 އަހަރުން މަތީގެ ކުދިންނާއި މާބަނޑު އަންހެނުންގެ އިތުރުން ހާލު ސީރިއަސްވާ މީހުން ހިމެނެ އެވެ.

ޔޫއޭއީގެ ހެލްތް މިނިސްޓްރީން މިމަހު ކުރީކޮޅު ބުނެފައިވަނީ އެ ގައުމުން އެ ބަލި ޖެހިފައިވާ ފަސް މީހުން ފެނިފައިވާ ކަމަށެވެ. އަދި ފަހުން ވަނީ އޭގެ ތެރެއިން ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ބުނެފަ އެވެ.

މަންކީ ޕޮކްސް ޖެހިފަ ހުންނަނީ ދެ ހަފްތާ އާއި ހަތަރު ހަފްތާ އާއި ދެމެދުގެ މުއްދަތަކަށެވެ. ބަލި ޖެހުން ހުން އައިސް ހޮޑުލެވުން ފަދަ މައްސަލަތައް ދިމާވެ އެވެ.

އާންމުކޮށް މަންކީ ޕޮކްސް ޖެހެނީ އެކަކު ބޭނުން ކޮށްފައި ހުންނަ އެއްޗެހި ނުދޮވެ ބޭނުން ކުރުމާއި، ކެއްސާ ކިނބި އަޅާއިރު ބުރާ ކުޅުތިކިތަކުގެ އިތުރުން އިންފެކްޓުވެފައި ހުންނަ ތަންތަނައި އެހެން މީހުން އަތްލުމުން ބަލި ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް