މާލޭ ގެއަކުން ވަގަށް މުރަނގަފަތް ބިން މީހަކު ހޯދަނީ

މާލޭގެ ގެއަކުން ވަގަށް މުރަނގަފަތް ބިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުކޮށް އަންގާ އިއުލާނުކޮށްފިއެވެ. ފުލުހުންގެ ވެބްސައިޓްގައި މީހަކު ވަގަށް މުރަނގަފަތް ބިންނަ ވީޑިއޯއެއް ހިއްސާކ...

16 Jun 2022 | 07:35

މާލޭގެ ގެއަކުން ވަގަށް މުރަނގަފަތް ބިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުކޮށް އަންގާ އިއުލާނުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި މީހަކު ވަގަށް މުރަނގަފަތް ބިންނަ ވީޑިއޯއެއް ހިއްސާކޮށް ފުލުހުން ބުނީ  އެ މީހާއަކީ 2022 ފެބްރުއަރީ 8 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އަދި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރަން އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް