ބަލަމުން އަންނަ މައްސަލައެއްގައި ބަޔާން ނެގުމަށް ފިލްމީ ތަރި މަރިޔަމް ޝިފާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފިއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ޝިފާ ޕޮލިހަށް ހާޒިރުކޮށްފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައެެވެ. ހާޒިރުކޮށްފައިވަނީ ފުލުހުންގެ މައި އިދާރާއަށެވެ.
މިކަމުގައި ފުލުހުންގެ ރަސްމީ ބަހެއް އަދި ޝިފާގެ ބަހެއްވެސް ލިބިފައެއް ނުވެއެވެ. ސުވާލު ކުރުމުގެ ޝިފާވެސް އަދި ފުލުހުންވެސް ވަކި އެއްޗެއް ނުބުނެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޝިފާ ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ސޯޝަލް މީޑިއާގައި މި ފަހުން ވައިރަލްވި ވީޑިއޯތަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް